ގއ. ދެއްވަދޫ އިން އިތުރު ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. 

''ޖަޒީރާ'' އާ ވާހަކަ ދައްކަވަމުން ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ތައުފީގް ވިދާޅުވީ، އިއްޔެ އެ ރަށުން ނެގި ސާމްޕަލްތަކުގެ ތެރެއިން 11 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ޕޮޒިޓިވް ކޭސްތަކުގެ އަދަދު 55 އަށް އަރާފައިވާ ކަމަށެވެ. 

ތައުފީގް ވިދާޅުވީ، އެ މީހުންގެ ތެރެއިން ހައިރިސްކު ކެޓަގަރީގައި ހިމެނޭ ދެ މީހުން ފިޔަވާ ބާކީ ތިބި ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އެ ދެ މީހުން މާލެ ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. 

ތައުފީގް ވިދާޅުވީ، އަލަށް ފެނުނު ކޭސްތަކަކީ ކުރިން ޕޮޒިޓިވްވި ފަރާތްތަކާއި އެއް ގެއެއްގައި އުޅެމުންދާ ބަޔަކަށްވާތީވެ ރަށުގައި ކޮވިޑް އިތުރަށް ފެތުރިދާނެ ކަމުގެ ބިރެއް ނެތް ކަމަށެވެ. ރަށު އާއްމު ހާލަތު ރަނގަޅު ކަމަށާއި، ހުވަދޫ އަތޮޅު އެހެން ރަށްތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

ދެއްވަދޫ ކްލަސްޓާގެ ތެރެއިން ހުވަދޫ އަތޮޅުގެ އެހެނިހެން ރަށްތަކުން ވަނީ ކޭސްތައް ފެނިފައެވެ. އެޗްއީއޯސީން ބުނީ، ކްލަސްޓާއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކޮންޓެކްޓުންގެ ގޮތުގައި 255 ފަރާތެއް މިހާތަނަށް އައިޑެންޓިފައި ކުރެވިފައިވާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.