ދޮންބަންޑާރައިން ދިވެހި ގައުމަށްޓަކައި ވެވައިގެންނެވި ޤުރުބާނީގެ ހަނދާން އައުކޮށް، ޤައުމީ ރޫޙު ދިރުވާ އާލާކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހުމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހުރަވީ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުއްވަމުން ރައީސް ސޯލިހު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މި ދުވަސް ފާހަގަކުރާއިރު ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރައްވައި ދޮންބަނޑާރއިން ދިވެހި ޤައުމަށްޓަކައި ވެވައިގެންނެވި ޤުރުބާނީގެ ހަނދާން އައުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
1980 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ހުރަވީ ދުވަސް ނިޞްބަތްވެ ވަޑައިގަންނަވަނީ އައްސުލްޠާން ހަސަން ޢިއްޒުއްދީން ދޮންބަންޑާރައިންނަށެވެ. މި ދުވަސް ފާހަގަކުރަނީ އެރަދުން މަލާބާރީންގެ އަތް ދަށުން ރާއްޖެ މިނިވަންކުރި ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.