މިސްކިތުގައި ހުރި ދިވެއްސަކަށް އިންޑިއާ މީހަކު ހަމަލާ ދިން މައްސަލައިގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލް ނުސީދާ ގޮތަށް ސަރުކާރަށް ފާޑު ވިދާޅުވެ ޓްވީޓެއް ކުރައްވައިފިއެވެ. 

ހުކުރު ދުވަހު ހުޅުމާލެ އަޒީޒާ މިސްކިތް ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ އިންޑިއާ ފިރިހެނެއް އެމިހާ ނެރެ މާރާމާރީ ހިންގި މައްސަލާއާ ގުޅުވައި އިލްޔާސް ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ މިސްކިތުގައި ހުރި މީހާ އަށް ދިން ހަމަލާ އަކީ ޓެރަރިޒަމްގެ އަމަލަކަށް ނުވޭތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އަދި ހަރުކަށި ކަމާއި ޓެރަރިޒަމްގެ ވާހަކަ ދައްކާ މީހުންވެސް ހައްޕު ކަމަށް ވިދާޅުވެ ނުސީދާ ގޮތަށް ސަރުކާރުން ހައްދު ފަހަނަ އަޅާފައިވާ މީހުންނާ ދެކޮޅަށްކުރާ މަސައްކަތަށް ސަރުކާރު ކޯލިޝަން ގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ސްޓޭޓް މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ އިލްޔާސް ޖަމާލް ފާޑު ވިދާޅުވިއެވެ. 

ފުލުހުން ބުނީ، އެ އުމުރުން ދުވަސްވީ މީހާ މިސްކިތުން ނެރެން މަސައްކަތް ކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ. އެ މައްސަލަ އާއި ގުޅިގެން އިންޑިއާ މީހާ ހުރީ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.