ހުކުރު ދުވަހުގެ ރޭ ފުވައްމުލަށް ސިޓީގައި ހިނގާ ދިޔަ އެކްސިޑެންޓްގައި އަނިޔާވި އެކަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުވައްމުލަށް ސިޓީގެ ފުނާޑު އަވަށު ޝިއާރާ ސައިޓް ކައިރިން ދެ ސައިކަލު ޖެހި ހިނގާ ދިޔަ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 23 އަހަރުގެ ފިރިހެނަކަށާއި 49 އަހަރުގެ ފިރިހެނަކަށެވެ.
ދެ މީހުންގެ ތެރެއިން ވެންޓިލޭޓަރ ފަރުވާދެމުންދަނީ 49 އަހަރުގެ މީހާ އަށެވެ. ފުލުހުން ބުނީ އިތުރު ފަރުވާ އަށް އެ ދެމީހުން ވެސް މާލެ ގައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ އިދާރާ އިން ހާމަކުރި ގޮތުގައި މި އެކްސިޑެންޓް ގައި ދެ ސައިކަލުވެސް ވަނީ ނުދުއްވޭ ވަރަށް ހަލާކުވެފައެވެ. އަނިޔާވި ދެ މީހުންނަކީ ވެސް ލައިސެންސް އޮންނަ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.