ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ވެއްޓިފައި އޮތް ހާލަތުން އަރައިގަންނާނެ މަގު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ދައްކަވަމުން ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައީސް އަށް ތައުރީފް ކުރައްވައިފިއެވެ. 

ޅެންވެރިންގެ ދުވަހު މުނާސަބަތުގައި ހުކުރު ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކުރައްވައި، އައްނަބީލާ ފާތިމަތު ސައީދު އެތައް އަހަރެއް ކުރިން ކުރިން ހައްދަވާފައިވާ ޅެން ބައިތެއް ކިޔުވުމަށް ފަހު ޝާހިދު ވިދާޅުވީ، އެ ޅެމުގައި ބުނާ ގޮތަށް ރާއްޖެ އަށް މިއަދު ބޭނުންވަނީ ކޮވިޑް-19 އާ ގުޅިގެން އައިސްފައިވާ ލޮޅުންތަކުން އަރައިގަތުމުގެ ހިތްވަރާއި ރޫހު ކަމަށެވެ. އަދި ހާލަތު ބަދަލު ކުރެވޭނީ އާ ދިރުމަކަށް ތެދުވާން ކެރިގެން ކަމަށެވެ. އަދި އެކަން ރާއްޖެއިން ސާބިތުކޮށްދެމުން ގެންދަވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. 

ރާއްޖޭ ހާލަތު ބަދަލުކުރުމުގެ މަގު ރައީސް ދައްކަވަމުން ގެންދަވާ ކަމަށް ޝާހިދު ވިދާޅުވެފައިވާއިރު، ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ލޮޅުން ތަކުން އަރައިގަތުމަށް ސަރުކާރުން ދަނީ ބައިނަލްއަގްވާމީ އެހީތެރިކަން އެކި ގޮތް ގޮތުން ހޯދަމުންނެވެ. 

2021 ވަނަ އަހަރުގެ ފެށުމުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާއި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހުސްވި އަހަރަކީ ހުރިހާ އުންމީދުތަކެއް ހަގީގަތަކަށް ނުވި އަހަރެއް ކަމަށްވިޔަސް، އެ އަހަރަކީ ރާއްޖޭގެ ހާލަތާ މެދު ވިސްނައި، ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އަމާޒު ހިފަންވީ މިސްރާބު، ވަރަށް ރަނގަޅަށް ސާފުވެގެން ދިޔަ އަހަރެއް ކަމަށެވެ. 

ކޮވިޑާ ގުޅިގެން ލޮކްޑައުން ކުރަން  ޖެހުމުން، އެންމެ ބޮޑަށް އިޙްސާސްކުރެވުނީ، ރާއްޖޭގެ އިގްތިސާދުގެ ނާޒުކުކަން ކަމަށާއި، ރަށްރަށުގައި އަސާސީ ހިދުމަތްތައް ފުރިހަމަނުކުރެވި ހުރުމުން ރައްޔިތުން އުފުލަންޖެހިފައިވާ ތަކުލީފުތަކާއި، ހައްގުތައް ގެއްލިގެން ދިޔަ މިންވަރު ވަޒަންކުރެވުނު އަހަރެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.