ގއ. ވިލިނގިލިން އިތުރު މީހަކު ކޮވިޑް-19 ށް ޕޮޒިޓިވްވެއްޖެއެވެ.
މިފަހުން ގއ. ވިލިނގިލިން ފެނިފައިވަނީ ގއ. ދެއްވަދޫ ކޮވިޑް ކްލަސްޓަރ އާއި ގުޅުންހުރި ކޭސްއެކެވެ. އެއީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.
އެ ރަށުން ކޮވިޑްގެ ކޭސްއެއް ފެންމަތިވުމާއި އެކު ކަމާ ބެހޭ އިދާރާތަކުން ވަނީ ދެ ރަށުގައި ވެސް ކޮންޓެކްޓް ޓްރޭސިންގް ގެ މަސައްކަތް ފަށާ، ކޮންޓެކްޓުވި ފަރާތްތައް ޓެސްޓު ކުރަމުންނެވެ.
ހޮނިހިރު ދުވަހު ވިލިގިނލިން ވައިރަހަށް ޕޮޒިޓިވްވި ފަރާތުގެ އިތުރު މައުލޫމާތެއް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ އިން ހާމަކޮށްފައެއް ނުވެއެވެ.