ދިވެހިރާއްޖެއިން އިތުރު 50 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ބައްޔަށް ފަރުވާދެމުންދާ މީހުންގެ އަދަދު 845 އަށް އަރައިފި އެވެ.

ރާއްޖެއިން ބައްޔަށް އަލަށް ޕޮޒިޓިވް މީހުންގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި 27 މީހަކު ހިމެނެއެވެ. އަދި ރަށްރަށުން 16 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 07 މީހަކު ޕޮޒިޓިވްވެފައި ވެއެވެ.

އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 14،375 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 13،474 އަށް އަރައިފައެވެ.

މިވަގުތު ކޮވިޑް ޖެހިފައިވާ 845 މީހުން ތިބިިއިރު ހޮސްޕިޓަލްގައި 61 މީހަކަށް ދަނީ ފަރުވާދެމުންނެވެ. ކޮވިޑް ޖެހިގެން 49 މީހުން ރާއްޖޭގައި މިހާތަނަށް ވަނީ މަރުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.