މީހެއްގެ ގައިން ނުބައި ވަސް ދުވާ ކަމަށް ބުނެ ހުޅުމާލޭގައި މާރާމާރީ ހިންގައިފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ހުޅުމާލެ އަޒީޒާ މިސްކިތް ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ އިންޑިއާ ފިރިހެނެއް އެމިހާ ނެރެން އުޅެ، މާރާމާރީ ހިންގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އުމުރުން ދުވަސްވީ މީހާ މިސްކިތުން ނެރެން މަސައްކަތް ކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ. ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން އިންޑިއާ މީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.