ގއ. ދެއްވަދޫ އިން ފެނިގެން އުޅޭ ކޮވިޑް-19 ގެ ކްލަސްޓާގެ ތެރޭގައި ހައިރިސްކުގެ 101 މީހަކު ހިމެނޭ ކަމަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ. 

އެޗްއީއޯސީން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ކޮންޓެކްޓް ޓްރޭސިން ކްލަސްޓާގެ ހެޑް އައިމިނަތު އަރޫޝާ ވިދާޅުވީ، ދެއްވަދޫ ކްލަސްޓާއާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ 23 މިހާތަނަށް 52 ކޭސް އެއް ރިޕޯޓް ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދެއްވަދޫ އިން ޕޮޒިޓިވްވި 43 ކޭސް، ލ. ފޮނަދޫ އިން ޕޮޒިޓިވްވި ހަތަރު ކޭސް އަދި ގއ. ދާންދޫ އިން ޕޮޒިޓިވްވި ދެ ކޭސްއެވެ. އެ ކްލަސްޓާގެ ތެރެއިން ހުޅުމާލެ އިން ދެ ކޭސްގެ އިތުރުން ގއ. ޕޮޒިޓިވް ކޭސް އެއް ވަނީ ރިޕޯޓް ކޮށްފައެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކޮންޓެކްޓުންގެ ގޮތުގައި 255 ފަރާތެއް މިހާތަނަށް އައިޑެންޓިފައި ކުރެވިފައިވާ ކަމަށް އަރޫޝާ ވިދާޅުވީއެވެ. އެ ކްލަސްޓާއާ ގުޅިގެން ގއ. އަތޮޅު ތެރޭގައި ދަތުރުކުރާ ''ކޮއިމަލާ'' ފެރީން ދަތުރުކޮށްފައިވާ ފަރާތްތައް މި މަހުގެ 23 އާ ހަމަޔަށް ކަރަންޓީނުވާން އެޗްއީއޯސީން ވަނީ އަންގާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.