އައްޑޫ ސިޓީ ކައުންސިލުގެ 2021 ވަނަ އަހަރުގެ ބަޖެޓު ފާސްކޮށްފިއެވެ. 

މިކަމާ ގުޅޭގޮތުން އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ މި އަހަރަށް ކައުންސިލްގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 136,554,544 ރުފިޔާ ކަމަށެވެ. 

ފާސްކުރެވިގެންދިޔައީ ތިލަފަތް ހަމަ ބަޖެޓެއް ކަމަށް ބުނެ ބަޔާނުގައި ވަނީ ދެ ރެކޮމެންޑޭޝަން އެއް ހިމަނާފައެވެ. 

އެއީ އެލް.ޖީ.އޭގެ މޮނިޓަރިންގ ރިޕޯރޓްގައި މުވައްޒަފުންނަށް ދެމުން ގެންދާ "ސްޕެޝަލް ޑިއުޓީ އެލަވަންސް" ދިނުމާއި ގުޅޭ ގޮތުން ފާހަގަކުރެވިފައިހުރިކަންކަމަށް ރިޢާޔަތް ކުރުމަށްފަހު "ސްޕެޝަލް ޑިއުޓީ އެލަވަންސް" ގެ ބަދަލުގައި އިތުރު ގަޑީގެ ފައިސާ ދެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އަދި ދައުލަތުން ދޫކުރާ ގްރާންޓްގެ ގޮތުގައި ކޮންމެ މަހަކު ކައުންސިލަށް ލިބޭ ޢަދަދުގެ %5 އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓްގެ ގޮތުގައި ކައުންސިލްގެ " ޚަރަދު 2 " އެކައުންޓަށް ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ. 

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ބަޖެޓްގައި ޙަރަކާތްތައް ކަނޑައެޅިފައިނުވާ ކަންކަމަށް ޚަރަދު ކުރުމުގައި އެޙަރަކާތްތައް ހިންގުމުގެ ހުއްދައަށް އެދި ކައުންސިލްއަށް ހުށަހަޅައި ކައުންސިލްގެ ނިންމުމާއިއެކު ޙަރަކާތްތައް ކުރިއަށް ގެންދިއުމަށާއި، މި ބަޖެޓް ފާސްވުމާއެކު ކަނޑައެޅިފައިވާ ބަޖެޓް ތަންފީޒު ކުރުމުގެ މަސައްކަތް ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދިއުމަށް ފެންނަކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.