ހުޅުމާލެ ފޭސް 2 ގައި މޫދަށް އެރި އުޅުނު އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ. 

މަރުވި މީހާއާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ އެމީހާއަކީ އުމުރުން 86 އަހަރުގެ މީހެއް ކަމަށެވެ. އެ އިދާރާ އިން ބުނީ އޭނާ މަރުވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މެންދުރު 12:30 ގައި ކަމަށެވެ. 

ފުލުހުން ބުނީ އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށެވެ. މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުން އަންނަ ކަމަށް އެ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.