ކޮވިޑް-19ގެ ކޭސްތައް ފެނުމާއި ގުޅިގެން މޮނީޓަރިން އަށް ލާފަައިވާ ރަށްތަކަށް ޖެންޑަރ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. 

ހުކުރު ދުވަހު އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ވަނީ ގއ. އަދި ލ. އަތޮޅުގެ ބައެއް ރަށްތައް މޮނިޓަރިންގ ގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށްރަށުގެ ނާޒުކު ޙާލަތް ތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އެ ފަރާތްތަކަށް ގުަޅައި ކެއަރ ޕެކޭޖް ފޮނުވުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ. 

މޮނީޓަރިންގައިވާ ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޖެންޑަރ މިނިސްޓްރީން ފަށާފައިވާއިރު ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވަނީ އެ ރަށްރަށަށް ސިއްހީ ހިދުމަތްތެރިންގެ ޓީމުތައް ފޮނުވާފައެވެ. އެގޮތުން ގއ. ދެއްވަދޫއިން ފެނުނު ކޭސްތަކާއި ގުޅިގެން އެ ރަށުގެ ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ކަރަންޓީނަށް ދާން ޖެހުމާއި ގުޅިގެން އެ ސެންޓަރުން ވަނީ އެރަށަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. 

މޮނީޓަރިންގައި އޮތް ލ. އަތޮޅުގެ ގަން އަދި ފޮނަދޫއިން ނެގި ސާމްޕަލްތައް ކޮވިޑަށް ނެގެޓިވްވުމާ ގުޅިގެން އެ ދެ ރަށް ވަނީ މިހާރު އާއްމު ހާލަތަށް ގެނެސްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.