ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ޗައިނާގެ ކުންފުނިތަކުން ވެސް މަސައްކަތް ކުރާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލީ ޒޮންގް ވިދާޅުވެއްޖެއެވެ. 

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އަދި އެއަރޕޯޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއް ރީޓުވީޓު ކުރައްވާ ސަފީރު ވިދާޅުވީ ދިވެހި ސަރުކާރުގެ އެއްބާރުލުމާއި އެކު ޗައިނާގެ ކުންފުނިތަކުން ދަނީ އިގްތިސާދު ކޮޅަށް ޖެހުމަށް މަސައްކަތްކުރަމުން ކަމަށެވެ.

އެގޮތުން ޗައިނާގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ، ބީޔޫސީޖީ ފަދަ ކުންފުނިތަކުން ވަނީ ކޮވިޑް-19ގެ މި ދަތި ދަނޑިވަޅުގައި ވެސް މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ކުންފުނިތަކުން ދަނީ ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް އެހީތެރިވަމުން ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. 

ރާއްޖެއާއި ޗައިނާއާއި އޮންނަ ގުޅުމަށް ގިނަ އަހަރުތަކެއް ވެފައިވާއިރު، ކޮވިޑުގެ ހާލަތުގައިވެސް ބީޔޫސީޖީން ވަނީ ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދިފައެވެ. ޚާއްސަކޮށް ބީޔޫސީޖީ ކުންފުންނަކީ ގިނަ އަހަރުތަކެއް ވަންދެން ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގާފައިވާ ކުންފުންޏެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.