ލ. ފޮނަދޫ އަދި ލ. ގަމުން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްވެއްޖެއެވެ. 

މި މަހުގެ 10 ވަނަ ދުވަހު ފޮނަދޫން ހަތަރު މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެއީ މަންމައަކާއި އޭނާގެ ތިން ދަރިންނެވެ. އޭގެ ތެރެއިން އަންހެން މީހާ އަށް ދަނީ ގަމު ރީޖަނަލް ހޮސްޕިޓަލް ގައި ފަރުވާ ދެމުންނެވެ. ގަމުން ވެސް ވަނީ ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

''ޖަޒީރާ'' އަށް މައުލޫމާތު ދެއްވަމުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު ވިދާޅުވީ، ފޮނަދޫ އިން ޕޮޒިޓިވްވި އަންހެން މީހާ އަށް އައިސީޔޫ ގައި ފަރުވާދެމުންދާ ކަމަށާއި، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. ނަޝީދު ވިދާޅުވީ، އެ ކޭސްއާ ގުޅިގެން ގަމުން 263 ސާމްޕަލް އަދި ފޮނަދޫ އިން 125 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އެ ހުރިހާ ސާމްޕަލެއްގެ ނަތިއްޖާވެސް ނެގެޓިވްވެފައިވާ ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ބުންޏެވެ. 

ހަތަރު މީހުން ޕޮޒިޓިވްވުމާއި ގުޅިގެން ގަމުގެ އިތުރުން ފޮނަދޫ އޮތީ މޮނިޓަރިން އަށް ލާފައެވެ. ނަމަވެސް ހުރިހާ ސާމްޕަލްތަކެއް ނަތިއްޖާ ނެެގެޓިވްވެފައިވާތީ މިއަދުގެ ވަގުތެއްގައި މޮނިޓަރިން އިން ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. 

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 14,325 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 13،463 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 49 މީހަކު ވަނީ މަރުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.