އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާ ތާރީހު ލަސްވެ، އިތުރު 13 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ. 

އިލެކްޝަން ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް 153 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އެމްޑީޕީގެ ފަރާތުން ކުރިމަތިލި 70 ކެންޑިޑޭޓުން ނަަން އަނބުރާ ގެންގޮސްފައިވާއިރު ޕީޕީއެމް އިން ކުރިމަތިލި 19 ފަރާތެއް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލި 8 ކެންޑިޑޭޓެއް ނަން އަނބުރާ ގެންގޮސްފައިވާއިރު އަމިއްލަ ގޮތުން ވާދަކުރި 55 ކެންޑިޑޭޓެއްވަނީ ނަން އަނބުރާ ގެންގޮސްފައެވެ. 

ލޯކަލް ކައުންސިލް އިންތިހާބުން ޖުމްލަ 95 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުން 58 ކެންޑިޑޭޓެއްވަނީ ނަން އަނބުރާ ގެންގޮސްފައެވެ. 

މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާއި ހަމައަށް ޖުމްލަ 13 ކެންޑިޑޭޓެއްވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އެއީ ކައުންސިލް އިންތިހާބުން 8 ކެންޑިޑޭޓަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުން 5 ކެންޑިޑޭޓެކެވެ. 

2020 ވަނަ އަހަރު ބާއްވަން އިއުލާނު ކުރި ލޯކަލް ކައުންސިލްގެ އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ލަސްވަމުންދާތީ އިތުރަށް ލަސްވިޔަ ނުދިނުމަށްޓަކައި ހުރި ޤާނޫނީ ހުރަސްތައް ނައްތާލާ، އެ އިންތިޚާބު އަވަހަށް ބޭއްވޭނެ އިންތިޒާމް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ތައާރަފްކޮށްފައެވެ. އެ ބިލުގެ ބަހުސް ފެށުމަށް ނިންމާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.