ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އައު މެމްބަރުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ކޮވިޑް-19ށް ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓުވި ފަރާތެއް ބައިވެރިވެފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފިއެވެ. 

ބުރާސްފަތު ދުވަހުގެ ރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑޮކްޓަރ ނަޒްލާ ރަފީގް ވިދާޅުވީ އެ ބައްދަލުވުމުގައި ކޮވިޑް-19 ށް ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓުވި ފަރާތެއް ބައިވެރިވެފައިވީ ނަމަވެސް، އެ ބައްދަލުވުން ބާއްވާފައިވަނީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ކަމުން ބައްދަލުވުމުގައި ތިއްބެވި ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.

"މީޑިއާ ކައުންސިލްގެ ބޭފުޅަކު ރައިސް އާއި މީޓިންގ އެއްގައި އިންނަވާފަ، ނިކުތް ފަހުން އެބޭފުޅާއަކީ ކޮންޓެކްޓެއް ކަމަށް އިންފޯމް ކުރެވިފައިވަނީ. އެހެންނަމަވެސް، މި ބައްދަލުވުން ކުރިއަށް ދިޔައީ އެޗްޕީއޭގެ ގައިޑްލައިންތަކާއި މިންގަނޑުތަކާއި އެއްގޮތަށް، ހުރިހާ ބެފުޅުންވެސް މާސްކު ތުރުކުރައްވައިގެން އަދި ގައިދުރުކަން ވެސް ބަހައްޓަވައިގެން އަޅުގަނދުމެންނަށް މައުލުމާތު ލިބިފައި އޮތީ، އެހެންވީމާ، އެތަނުގައި ތިއްބެވި އެއްވެސް ބޭފުޅަކީ ކޮންޓެކްޓުވި ބޭފުޅާގެ ކޮންޓެކްޓެއް ކަމަށްވެސް ނުބެލެވޭނެ. މިވަގުތު މީޓިންގްގައި ތިއްބެފވި ބޭފުޅުންނަށް ރިސްކު ކުޑަކަމަށް އަޅުގަނޑުމެންނަށް ފެންނަނީ." ނަޒްލާ ވިދާޅުވިއެވެ.  

މީޑިއާ ކައުންސިލަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރައީސް ސޯލިހުއާއި އެ ކައުންސިލްގެ މެމްބަރުން ބައްދަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. މި ބައްދަލުވުމުގައި އެ ކައުންސިލުން ވަނީ އެމްއެމްސީ އަދި ބްރޯޑްކާސްޓިންގް ކޮމިޝަން އުވާލާ، ބަދަލުގައި އެއް މުއައްސަސާ އެއް އުފެއްދުމަށް ހުށައަޅާފައިވާ ބިލާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *