ރާއްޖޭގައި ކޮވިޑް ފަތުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވާއިގެން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތުހުމަތު ކުރައްވައިފިއެވެ. 

ބުރާސްފަތި ދުވަހުގެރޭ ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވަނީ ރައީސް ސޯލިހަށާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. 

އޭނާ ވިދާޅުވީ، ކޮވިޑް-19 ފެތުރެނީ ސަރުކާރުގެ ވަފުދުތައް ރަށްރަށަށް ގޮސް އެއްވެސް ކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅައި ގޭގެ އަށް ޒިޔާރަތްކޮށް ޖަލްސާތައް ބާއްވާ ކަމަށާއި، މިހާރު ގިނަވާ ކޭސްތަކަކީ އެ ވަފުދުތައް ރަށްރަށަށް ޒިޔާރަތް ކުރުމުގެ ނަތިއްޖާ ކަމަށެވެ. މި ސަރުކާރަކީ ކޮވިޑް ފަތުރާ ސަރުކާރު ކަމަށާއި، ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ރައީސް ސޯލިހު އަރިހު އާދޭސްކުރި ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ކޮވިޑް-19 އަކީ އިދިކޮޅަށް ބިރުދައްކަން ސަރުކާރުން އުފައްދައިގެން އުޅޭ ބައްޔެއް ގޮތަށް އަބްދުއްރަހީމް ވަނީ ސިފަކުރައްވާފައެވެ. 

ހިޔާނާތުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދުރޭ ވިދާޅުވީ، ޔާމީންގެ އެދިވަޑައިގަންނަވަނީ ލޯކަލް ކައުންސިލް އިންތިހާބު ޕީޕީއެމް އަށް ކާމިޔާބު ކޮށް ދިނުން ކަމަށާއި، ސަރުކާރުން ރާއްޔިތުންނަށްވަމުންދާ އަނިޔާތަކަށް ޖަވާބު ދޭނީ ވޯޓުން ކަމަށެވެ. މިނިވަން އިންތިހާބެއް ބާއްވައިފިނަމަ ވޯޓުން އެމްޑީޕީ ބަލިކުރާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. 

ކޮވިޑް-19 ފަތުރަނީ ރައީސް ސޯލިހު ކަމަށް އަބްދުއްރަހީމް ވިދާޅުވެފައިރު، ކޮވިޑް-19 ގެ ކޭސްއެއް ޗައިނާއިން ރިޕޯޓް ކުރެވުނު ހިސާބުން ފެށިގެން ރާއްޖެއިން ފިޔަވަޅުތައް އެޅިއެވެ. ސަރުކާރުން އެންމެ ފުރަތަމަ އެޅި ފިޔަވަޅުތަކުގެ ތެރޭގައި ގިނަ އިދާރާތަކެއް އެކުވެގެން ދަރުބާރުގޭގައި އެމެޖެންސީ ރެސްޕޮންސް ސެންޓަރެއް އެކުލަވާލުން ހިމެނެއެވެ. ރާއްޖެއިން ކޮވިޑާ ދެކޮޅަށްކުރާ މަސައްކަތްތައް ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމައަތްތަކުން ދަނި ފާހަގަކުރަމުންނެވެ. ކޮވިޑާއެކު އަޅާފައިވާ ފިޔަވަޅުތަކަށް އެންމެ ބޯޑަށް ބޯނުލަނބާ ރައްޔިތުންގެ ރައްކާތެރިކަމެއް ނެތި އިދިކޮޅުން ވަނީ މީގެ ކުރިން މުޒާހަރާވެސް ކޮށްފައެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ބާއްވާ އެއްވުންތަކުގައި މާސްކުނާޅާ ގައިދުރުކަމެއް ނެތި އުޅެމުންދާތީވެ އާއްމުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.