ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ވިސާ ނުހޯދާ އެންމެ ގިނަ ގައުމުތަކަށް ދަތުރުކުރެވޭ ލިސްޓުގެ އެއްވަނައިގަައި  އަނެއްކާވެސް ދިވެހި ޕާސްޕޯޓު ހިމެނިއްޖެއެވެ. 

ޕާސްޕޯޓް ބޭނުންކޮށްގެން ވިސާ ނެތި ނުވަތަ ފަސޭހަކަމާއިއެކު ވަދެވޭ ޤައުމުތަކުގެ ނިސްބަތަށް ބަލައިގެން، ހެންލީ އެންޑް ޕާޓްނަރސްއިން ނެރޭ ހެންލީ ޕާސްޕޯޓް ރޭންކިންގައި ރާއްޖެ މިފަހަރު ވެސް ރޭންކް ކުރެވިފައިވަނީ މި ސަރަހައްދުން 1 ވަނައިގައެވެ. އެއީ މުޅި ދުނިޔެއިން 62 ވަނައިގައެވެ. 

ދިވެހި ޕާސްޕޯޓާއިއެކު މިހާރު 85 ގައުމަކަށް ކުރިން ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވެއެވެ. ނުވަތަ އޮން އެރައިވަލް ވިސާ ލިބެއެވެ.

ރާއްޖެއާއި އެންމެ ކައިރިން މިސަރަހައްދުން ވާދަކުރަނީ އިންޑިއާއެވެ. މި ލިސްޓުގައި އިންޑިއާ ރޭންކް ކުރެވިފައިވަނީ 85 ވަނައިގައެވެ. އެގައުމުގެ ޕާސްޕޯޓާއި އެކު ކުރިން ވިސާ ނެގުމަކާއި ނުލައި ދަތުރުކުރެވޭނީ 58 ގައުމަކަށެވެ.

ޕާސްޕޯޓް އިންޑެކްސްގައި މިފަހަރުވެސް އެންމެ ކުރި ހޯދާފައިވަނީ 2018 ވަނަ އަހަރުން ފެށިގެން ކުރި ހޯދަމުން އަންނަ ޖަޕާނާއި ސިންގަޕޫރެވެ. ޖަޕާނު ޕާސްޕޯޓާއި އެކު ކުރިން ވިސާ ނެގުމަކާއި ނުލާ 191 ގައުމަކަށް ދަތުރުކުރެވޭއިރު ސިންގަޕޫރު ޕާސްޕޯޓާއި އެކު ކުރިން ވިސާ ނެގުމަކާއި ނުލާ 190 ގައުމަކަށް ދަތުރުކުރެވެއެވެ. 

މި ލިސްޓުގެ އެންމެ ފުލުގައި ރޭންކު ކުރެވިފައިވަނީ ދެކުނު އޭޝިއާގެ ގައުމެއް ކަމަށްވާ އަފްޣާނިސްތާނެވެ. އަފްޣާނިސްތާން މި ލިސްޓުގެ 110 ވަނައިގައި ރޭންކު ކުރެވިފައިވާއިރު އެގައުމުގެ ޕާސްޕޯޓާއި އެކު ކުރިން ވިސާ ނެގުމަކާ ނުލާ ދަތުރުކުރެވެނީ އެންމެ 26 ގައުމަކަށެވެ. 

ރަައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދަނީ ދިވެހި ޕާސްޕޯޓް ބާރު ގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރިން ވިސާ ނެގުމެއް ނެތި ދިވެހިންނަށް ގައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ގިނަ ގައުމުތަކަކަށް ދަތުރުކުރައްވާފައެވެ. ފޮރިން މިނިސްޓްރީން ދަނީ ވީހާވެސް ގިނަ ގައުމުތަކަކަށް ދިވެހިންނަށް ފަސޭހަކަމާއިއެކު އެތެރެވެވި، ދިވެހި ޕާސްޕޯޓް ބާރު ގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.