ދިވެހިރާއްޖެއިން އިތުރު 48 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ރާއްޖެއިން ބައްޔަށް އަލަށް ޕޮޒިޓިވް މީހުންގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި 19 މީހަކު ހިމެނެއެވެ. އަދި ރަށްރަށުން 15 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 14 މީހަކު ޕޮޒިޓިވްވެފައި ވެއެވެ.
އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 14،325 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 13،463 އަށް އަރައިފައެވެ.
މިވަގުތު ކޮވިޑް ޖެހިފައިވާ 806 މީހުން ތިބިިއިރު ހޮސްޕިޓަލްގައި 58 މީހަކަށް ދަނީ ފަރުވާދެމުންނެވެ. ކޮވިޑް ޖެހިގެން 49 މީހުން ރާއްޖޭގައި މިހާތަނަށް ވަނީ މަރުވެފައެވެ.