ރެއާލް މެޑްރިޑްގެ ލޫކާ ޖޮވިޗް ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާގެ ކުރީގެ ކްލަބް އެއިންޓްރެކްޓް ފްރެންކްފާޓާއި ގުޅިއްޖެއެވެ. 

2019 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ މާކެޓުގައި އޭނާ ފްރެންކްފާޓް ދޫކޮށް ރެއާލްއަށް ބަދަލުވީ 60 މިލިއަން ޔޫރޯގެ ފީއަކަށެވެ. ފްރެންކްފާޓްގައި އޭނާ ދެއްކި މޮޅު ކުޅުމާއި ގުޅިގެން ގިނަ ޓީމުތަކަކުން އޭނާ ހޯދުމަށް މަސައްކަތްކުރިއެވެ. އެހެން ނަމަވެސް ރެއާލްއަށް ބަދަލުވެ އޭނާއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. 

އުމުރުން 23 އަހަރުގެ ފޯވާޑް ރެއާލްއަށް ކުޅުނު 32 މެޗުގައި ޖަހައިދިނީ އެންމެ ފަސް ލަނޑެވެ. އަދި ހިނގަމުންމިދާ ސީޒަނުގައި އޭނާއަށް ރެއާލް ކުޅުމުގެ ފުރުސަތު ލިބިފައިވަނީ އެންމެ ފަސް މެޗުގައެވެ. 

ޖޮވިޗްގެ ޓްރާންސްފަރއާ ގުޅިގެން ފްރެންކްފާޓްގެ ސްޕޯޓިން ޑިރެކްޓަރ ފްރެޑީ ބޮބިޗް ބުނީ ރެއާލްގައި ޖޮވިޗް ތަހައްމަލުކުރީ އުނދަގޫ ވަގުތުކޮޅެއް ކަމަށެވެ. އަދި އޭނާ ފްރެންކްފާޓަށް އަނބުރާ އައީ އަމިއްލައަށް ބޭނުންވެގެން ކަމަށާއި އަލުން އޭނާ ފޯމަށް އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ރެއާލްއަށް ވެސް އޭނާ މިވަގުތު ހުރީ ރަނގަޅު ކްލަބެއްގައިކަން އެނގޭނެ ކަމަށާއި އިތުރަށް އޭނާއަށް ކުރިއެރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. 

ރެއާލްއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.