މި ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު ގއ. އަތޮޅުގެ އަތޮޅު ފެރީއިން ދަތުރުކުރި ފަރާތްތައް ކަރަންޓީނުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
އެ އިދާރާއިން މިއަދު ވަނީ ގއ. އަތޮޅުގެ އަތޮޅު ފެރީ "ކޮއިމަލާ 4" އިން ދަތުރުކުރި ފަރާތެއްވާނަމަ ވީ އެންމެ އަވަހަކަށް އެމީހަކު ހުރި ރަށެއްގެ ސިއްޚީ ހިދުމަތްދޭ ތަނަކަށް އަންގައި ދިނުމަށް އެދިފައެވެ. އަދި އެ ފެރީއިން ދަތުރުކުރި ހުރިހާ ފަރާތްތަކެއް ވެސް މި ޖެނުއަރީ މަހުގެ 23 ވަނަ ދުވަހާ ހަމަޔަށް ކަރަންޓީނުވުމަށް ވަނީ އަންގާފައެވެ.
އެޗްޕީއޭއިން މިގޮތަށް އަންގާފައިވާއިރު ގއ. އަތޮޅުގެ ތިން ރަށެއް މިވަގުތު ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެގޮތުން ގއ. ދެއްވަދޫގެ އިތުރުން ގއ. ދާންދޫ އަދި ގއ. ވިލިނގިލި ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.