މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ޚާއްސަ ތަމްރީންތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމައިފިއެވެ. 

އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަމްރީންތައް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ ހުޅުމާލޭ ފޭސް 2 ގައެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ތަމްރީންތައް ކުރިޔަށް ގެންދާނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާ ހަމަޔަށެވެ. 

 މި ތަމްރީނުގައި ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ. 

ފަހަކަށް އައިސް އެމްއެންޑީއެފްއިން މިފަދަ ތަމްރީންތައް ބާއްވާ މިންވަރު އިތުރުކޮށްފައިވެއެވެ. އަދި ބޭރު ބައެއް ގައުމުތަކުގެ ސިފައިންނާއެކު ވެސް ތަމްރީންތައް އަންނަނީ ކުރިޔަށް ގެންދަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.