ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.
އެ ކޮމިޝަނުން މިއަދު ހާމަކޮށްފައިވާ ގޮތުގައި ހޯދަމުންދަނީ މއ. ގްރީންވިލާ، އަހްމަދު އިލްހާޒު އަދި ދަފްތަރު ނަންބަރު: 856، މުހައްމަދު ޔާމީންއެވެ. އެ ކޮމިޝަނުން ވަނީ މި ދެ ފަރާތް ވެސް އެކޮމިޝަންގެ ހިލޭ ގުޅޭ ނަންބަރު ކަމަށްވާ 1424 އަށް ގުޅުމަށް އެދިފައެވެ. އަދި އެ ފަރާތްތަކުގެ މައުލޫމާތު އެނގިލައްވާ ފަރާތްތަކުން ވެސް އެ ކޮމިޝަނާއި ގުޅައި މައުލޫމަތު ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.
މި މީހުން ހޯދަމުން ދަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އެކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.