އިސްރާއީލްގެ އަސްކަރިއްޔާއިން ސީރިއާއަށް ދިން ހަމަލާތަކެއްގައި 40 މީހަކު މަރާލާފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓޮރީ ފޮރ ހިއުމަން ރައިޓްސްއިން ހާމަކޮށްފިއެވެ. 

އެ ޖަމާއަތުން ބުނެފައިވާ ގޮތުގައި އިޒްރާއިލުގެ އަސްކަރިއްޔާއިން ދިން 18 ހަމަލާއެއްގައި ސީރިއާގެ 9 ސިފައިންގެ މީހަކާއި 31 ހަނގުރާމަވެރިން ވަނީ މަރާލާފައެވެ. މިއީ 2018 ވަނަ އަހަރުގެ ފަހުން އިސްރާއީލުން ދިން މިފަދަ ހަމަލާއެއްގައި މިހާ ގިނަ މީހުން މަރާލި ފުރަތަމަ ފަހަރެވެ. އަދި މި ހަމަލާތަކުގައި އިތުރު 37 މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް ޖަމާއަތުން ހާމަކޮށްފައިވެއެވެ. 

އިސްރާއީލުން ހަމަލާ ދިން ސަރަހައްދުގައި ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިންނާއި އީރާން އަދި އަފްޢާނިސްތާނަށް ނިސްބަތްވާ ހަނގުރާމަވެރިން ހަރަކާތްތެރިވެއެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކެއް މައްޗަށް ބިނާކޮށް ކަމަށްވާއިރު މިއީ އީރާނުން ފޯރުކޮށްދޭ ހަތިޔާރު ރައްކާކޮށްފައި ހުރި ގުދަނަކަށް ދިން ހަމަލާތަކެއް ކަމަށް ވެސް ބުނެފައިވެއެވެ. އެހެން ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާއިން މި ހަމަލާތަކާއި ގުޅިގެން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. 

މިއީ މި ހަފްތާގެ ތެރޭގައި އިސްރާއީލުން ސީރިއާއަށް ހަމަލާދިން ދެވަނަ ފަހަރެވެ. ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި ތިން ހަނގުރާމަވެރިޔަކު މަރާލާފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.