މަދަނީ ޖަމްއިއްޔާތަކަށް މާލީ އެހީ ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މިއަދު ލޯންޗްކޮށްފިއެވެ. 

ސޯޝަލް ސެންޓަރުގެ ސެމިނަރ ރޫމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ލޯންޗް ކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް އައިޝަތު މުހައްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އައިޝާގެ އިތުރުން ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފާއި އެ މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ބައެއް މަދަނީ ޖަމްޢިއްޔާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ. 

މިދިޔަ އަހަރު ވެސް ޔޫތު މިނިސްޓްރީގެ ފަރާތުން މިފަދަ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔަ ނަމަވެސް ކުރިމަތިލީ އެންމެ 16 ޖަމްއިއްޔާއިންނެވެ. އަދި ކޮވިޑްގެ ސަބަބުން އެ ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައެއް ވެސް ނުވެއެވެ. ހަމައެހެންމެ މިފަހަރު ޖަމްޢިއްޔާތަކަށް މި ޕްރޮގްރާމްގައި ބައިވެރިވުން ފަސޭހަކުރުމުގެ ގޮތުން ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 

ތިން ދާއިރާއަކުން މާލީ އެހީ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު 28 ފެބްރުއަރީއާ ހަމަޔަށް އެމިނިސްޓްރީއިން ވަނީ ހުޅުވާލާފައެވެ. އެގޮތުން ބަލާއިރު ޖެނެރަލް ޕްރޮޖެކްޓް ގްރާންޓަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ މިނިސްޓްރީއިން ހޮވާ ފަރާތްތަކަށް ދެ ލައްކަ ރުފިޔާއާ ހަމަޔަށް މާލީ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްމޯލް ގްރާންޓަށް ކުރިމަތިލާ ފަރާތްތަކަށް 50،000 ރުފިޔާއާ ހަމަޔަށް އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.