ފުވައްމުލަކުގެ އެކި ސަރަހައްދުތަކުގައިވާ ނެރުތައް ބަންދުކޮށްދިނުމަކީ އެ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ. 

ހުސައިން މިހެން ވިދާޅުވީ ފުވައްމުލަކުގައި ހަދާފައިވާ 8 ނެރުގެ ތެރެއިން ބަންދުނުކޮށްހުރި ނެރުތައް ބަންދުކޮށްދިނުމަށް އެދި "ވަން ފުވައްމުލައް" ޖަމްއިއްޔާއިން ކުރިއަށްގެންދިޔަ ޕެޓިޝަން ފުވައްމުލަކު ސިޓީ ކައުންސިލާއި ހަވާލުކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓްގައި ހުސައިން ވިދާޅުވީ އެރަށުގެ އެކި ސަރަހައްދު ތަކުގައިވާ ނެރުތައް ލަސްނުކޮށް ބަންދު ކުރުމަކީ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށާއި ކަމާބެހޭ ފަރާތްތަކުން މިކަމަށް އަވަސް ހައްލެއް ހޯދަންޖެހޭ ކަމަށެވެ. 

2002 ވަނަ އަހަރު ބަނދަރު ބޭނުންކުރަން ފެށުމުގެ ކުރިން ފުވައްމުލަކަށް އަރައި ފޭބުމަށްޓަކައި 8 ނެރު ހަދާފައިއޮވެއެވެ. ދެ މޫސުމުގައި ދެ ފަރާތް ބޭނުންކުރަމުން އަންނައިރު، 2009 ވަނަ އަހަރު ތެރޭގައި މީގެ ތެރެއިން 4 ނެރެއް ސަރުކާރުން ބަންދުކުރިއެވެ. ޑެޕިއުޓީ މޭޔަރ ޟިރާރު ޖަޒީރާއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ބާކީ ހުރި ނެރުތައް ބަންދުކުރުމާއި ގުޅޭގޮތުންވެސް މިދިޔަ އަހަރުގެ ތެރޭގައި ޕްލޭނިންގ މިނިސްޓްރީއާ ކައުންސިލާއި ވާހަކަދެކެވުނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.