ފުވައްމުލަކުގައި ހަދާފައިވާ 8 ނެރުގެ ތެރެއިން ބަންދުނުކޮށްހުރި ނެރުތައް ބަންދުކޮށްދިނުމަށް އެދި "ވަން ފުވައްމުލައް" ޖަމްއިއްޔާއިން ކުރިއަށްގެންދިޔަ ޕެޓިޝަން ފުވައްމުލަކު ސިޓީ ކައުންސިލާއި ހަވާލުކޮށްފިއެވެ.

މިއަދު ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވެވި ރަސްމިއްޔާތުގައި ޕެޓިޝަން ކައުންސިލާއި ހަވާކުރީ ދާދި ފަހުން މާނޭރު ނެރުގެ މޫދަށްނިޔާވި އަހްމަދު ފައުޒާންގެ އެންމެ ގާތް ދެ ރަހްމަތްތެރިންނެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން ޕެޓިޝަނާއި ހަވާލުވީ މޭޔަރ އަބްދުﷲ ފަލާހު ޝަރީފްއެވެ.

މި ނެރުތައް ބަންދުކުރުމަށް އެދި ޕެޓިޝަނެއްގައި ސޮއި ކުރަން ފަށާފައިމިވަނީ ދާދިފަހުން މީގެ ތެރެއިން އެއް ނެރު ކަމަށްވާ މާނޭރެ ސަރަހައްދުން އުމުރުން އެންމެ 17 އަހަރުގެ ކުއްޖަކު ގެނބިގެން މަރުވި ހާދިސާއާ ގުޅިގެންނެވެ. change.org ގައި ކުރިއަށްދާ މި ޕެޓިޝަނުގައި މިހާތަނަށް 500 އަށްވުރެ ގިނަ މީހުން ސޮއި ކޮށްފައިވާއިރު، ޕެޓިޝަނުގައި އެދިފައިވަނީ ނެރުތައް ބަންދުކޮށް، އެ ސަރަހައްދަށް މޫދަށް އެރުމުގެ ނުރައްކާ ރައްޔިތުންނަށް އެނގޭނެހެން ބޯޑުތައް ހަރުކޮށްދިނުމަށެވެ.

2002 ވަނަ އަހަރު ބަނދަރު ބޭނުންކުރަން ފެށުމުގެ ކުރިން ފުވައްމުލަކަށް އަރައި ފޭބުމަށްޓަކައި 8 ނެރު ހަދާފައިއޮވެއެވެ. ދެ މޫސުމުގައި ދެ ފަރާތް ބޭނުންކުރަމުން އަންނައިރު، 2009 ވަނަ އަހަރު ތެރޭގައި މީގެ ތެރެއިން 4 ނެރެއް ސަރުކާރުން ބަންދުކުރިއެވެ. ޑެޕިއުޓީ މޭޔަރ ޟިރާރު ޖަޒީރާއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ބާކީ ހުރި ނެރުތައް ބަންދުކުރުމާއި ގުޅޭގޮތުންވެސް މިދިޔަ އަހަރުގެ ތެރޭގައި ޕްލޭނިންގ މިނިސްޓްރީއާ ކައުންސިލާއި ވާހަކަދެކެވުނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.