މުޖުތަމައެއް ކުރިއަރައިދާނީ އެ މުޖުތަމައުގައި އުޅޭ ކުދި ބޮޑެ އެންމެނަކީ ދިމާވާ ގޮންޖެހުންތަކަށް އަރައިގަތުމަށް ބާރު ލިބިފައިވާ ބަޔަކަށް ވެގެންކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ، އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ މިހެން ވިދާޅުވީ، ޔޫތު މިނިސްޓްރީގެ ފަރާތުން ޖަމިއްޔާތަކަށް ދޫކުރާ ގްރާންޓް ޕްރޮގްރާމް އިފްތިތާހުކުރުމަށް މިއަދު ސޯޝަލް ސެންޓަރުގެ ސެމިނަރ ރޫމްގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ އަލަށް ހުޅުވާލެވުނު ގްރާންޓް ޕްރޮގްރާމްގެ ސަބަބުން ޖަމިއްޔާތަކަށް ލިބޭނެ ފައިދާތަކުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ހުރިހާ ރައްޔިތުން ބާރުވެރި ކުރުވުމަކީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަމަށާއި، އެކަން ކުރުމަށް ޖަމިއްޔާތަކުގެ އެހީތެރިކަން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މުޖުތަމައެއް ކުރިއަރައިދާނީ އެ މުޖުތަމައުގައި އުޅޭ ކުދި ބޮޑެ އެންމެން ބާރުވެރިކުރެވިގެން ކަމުގައިވާއިރު، ޖަމިއްޔާތަކުން އެ ފަރާތްތަކުގެ ދައުރު އަދާކުރަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މިކަން ކުރެވޭ ގޮތް ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން، އިއުލާން ކުރެވިގެން ދިޔަ ގްރާންޓް ޕްރޮގްރާމްގެ ސަބަބުން އުންމީދު އާލާވެ ޖަމިއްޔާތަކަށް އިތުރު ހިއްވަރެއް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއީ ގައުމީ ތަރައްގީގައި ޖަމިއްޔާތަކުގެ ދައުރު ފުޅާކޮށް ދެމެހެއްޓެނިވި ތަރައްގީއަށް އެޅޭ ފިޔަވަޅޭއްކަމަށްވެސް ވިދާޅުވިއެވެ. އަދި މި ގްރާންޓްގައި ހާއްސަ ދާއިރާތަކަށް އިސްކަންދެއްވާފައިވާ ކަމަކީ މުޖުތަމައުގައި ނާޒުކު ހާލަތުގައި ތިބި މީހުން ބާރުވެރިކުރުމަށް ދެވޭ ހާއްސަ ފުރުސަތެއްކަމަށާއި، އެފަދަ މީހުން ބާރުވެރި ކުރުމަށް އުފެދިފަ ހުރި ޖަމިއްޔާތަށްވެސް މި ގްރާންޓްގެ ސަބަބުން ބާރުވެރިކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަލަށް ހުޅުވާލެވުނު ގްރާންޓް ޕްރޮގްރާމްގެ ސަބަބުން ރެޒިލިއަންޓް މުޖުތަމައެއް ބިނާކުރެވޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.