ވ. ރަކީދޫ ބަނދަރު ތަރައްގީކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ 73 ޕަސެންޓު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށާއި ޕޭވްމަންޓް ހެދުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް 04 ޖެނުއަރީ 2021 ވަނަ ދުވަހު ނިމިފައިވާކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ވ.ރަކީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި މަޝްރޫއުގެ ދަށުން 156 މީޓަރ ބޭރު ތޮށި ހެދުމާއި، 74 މީޓަރ ރިވެޓްމަންޓް ޖެހުމާއި، 16 މީޓަރ އެއްގަމު ތޮށި ހެދުމާއި، 08 މޫރިން ބޮއެ ލުމާއި، 08 ބަނދަރު ބައްތި ހަރުކުރުމާއި، 02 ނެރުބައްތި ހަރުކުރުމާއި ، ބަނދަރުގެ އެއްގަމު ތޮށީގައި 5 މީޓަރ ފުޅާމިނުގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރާއި ނެރު ފުންކުރުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއަށް ޖުމްލަ 18,511,404.34 ރުފިޔާ ހަރަދުވާނެކަމަށް ބެލެވެއެވެ. މި މަޝްރޫއު މޮބިލައިޒް ކުރެވިފައިވަނީ 08 ޖޫން 2020 ގައި ކަމަށް އެމްޓީސީސީއިން ބުނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.