މިދިޔަ 2020 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 3000 އަށްވުރެ ގިނަ ދިވެހިންނަށް މެޑިކަލް ވިސާ ދޫކޮށްފައިވާ ކަމަށް ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ހާމަކޮށްފިއެވެ. 

އެ ކޮމިޝަނުން މިރޭ ކުރި ޓްވީޓެއްގައި ވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން އިންޑިއާގެ ބޯޑަރު ރަސްމީކޮށް ބަންދުކުރެވި ވިސާ ދޫކުރުން މަޑުޖައްސާލައިފާ ވީނަމަވެސް، ދިވެހީންނަށް އިންޑިއާއަށް ބޭސްފަރުވާއަށް ދެވޭނެގޮތް މިއަންނަީ ހާއްސަ އިންތިޒާމެއްގެ ދަށުން އެ ކޮމިޝަނުން ފަހިކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން 3000 އަށް ވުރެ ގިނަ ދިވެހިންނަށް މެޑިކަލް ވިސާ ދޫކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފައިވެއެވެ. 

ގިނަ ދިވެހިން ބޭސްފަރުވާއަށް އަދިވެސް ދަތުރުކުރަނީ އިންޑިއާއަށް ކަމަށްވާއިރު އެގައުމުން ވަނީ ބޯޑަރު ބަންދުކުރި ނަމަވެސް އެގައުމަށް ދަތުރުކޮށް އެގައުމުގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދޭނެ ގޮތް ހަމަޖައްސައިދީފައެވެ. ހަމައެހެންމެ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވަނީ އިންޑިއާ އަދި ރާއްޖެއާ ދެމެދު އެއަރ ބަބްލްއެއް ވެސް ގާއިމްކޮށްފައެވެ. މިއީ ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރަށް އެޅިފައިވާ ހުރަސްތަކުގެ ސަބަބުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށާއި، ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް ގާއިމްކުރި އެއަރ ބަބްލްއެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.