ކޮވިޑް 19 އަށް މިއަދު ރާއްޖެއިން 59 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
މިއާއެކު ޖުމްލަ ދިވެހިރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރުވަނީ 14،218 އަކަށް އަރާފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 33 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 6 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވީ 20 މީހެކެވެ.
އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަދު ވަނީ 2،768 ސާމްޕަލް ޓެސްޓް ކުރެވިފައެވެ. މިހާރު ދިވެހިރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 760 އަށް އަރާއިރު، ހޮސްޕިޓަލުތަކުގައި 53 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ދިވެހިރާއްޖެއިން މިހާތަނަށް 13،402 މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައިވެއެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 49 މީހަކު މަރުވެފައެވެ.
ފާއިތުވި ތިން ދުވަހުވެސް ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހެއް އިތުރުވަމުންނެވެ.