މާލެ ވިޔަފާރި ބަނދަރު

ކޮންޓެއިނަރެއްގެ މަތިން ވެއްޓި އަނިޔާވި އެމްޕީއެލް މުވައްޒަފުގެ ހާލު ރަނގަޅު ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

މި ހާދިސާ ހިނގީ ރޭ 9:30 ހާއިރުއެވެ.

ކޮންޓެއިނަރ ސްޕްރެޑަރ އަޅުވަން އުޅެނިކޮށް ބޯޓު ރޯލު ކުރުމުން ސްޕްރެޑަރ އޭނާ ގައިގައި ޖެހި ކަހާލައިގެން އޭނާ ވެއްޓުނީ ތިރީގައި ހުރި ކޮންޓެއިނަރ މައްޗަށެވެ. 10 ފޫޓޫ މަތިން ވެއްޓި، އޭނާގެ ކަނާއަތު އުޅަނބޮށި ނެއްޓުނެވެ.

ހާދިސާ ހިނގިތާ 15 މިނެޓު ތެރޭގައި އޭނާ ހޮސްޕިޓަލަށް ގެންދެވުނެވެ. އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ހާދިސާ ހިނގި އިރު މުވައްޒަފު ހުރީ އެމްޕީއެލް ބަނދަރު ސަރަހައްދުގައި އުޅެންޖެހޭ ސޭފްޓީ ކަންތައްތައް( ހެލްމެޓް،ސޭފްޓީ ޝޫޒް، ވެސްޓް) ފުރިހަމަކޮށް ފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *