އީރާންގެ އެންމެ ބޮޑު އެއް އިނގިރޭސި ޓީވީ ޗެނަލް ކަމަށްވާ ޕްރެސް ޓީވީގެ ފޭސްބުކް އެކައުންޓް ޝަޓްޑައުންކޮށްފިއެވެ. މި ޕޭޖް ޑިލީޓް ކުރުމުގެ ކުރިން އެއްވެސް ވަރަކަށް އިންޒާރެއް ނުވަތަ ޑިލީޓް ކުރި ސަބަބެއް ވެސް ފޭސްބުކުން ދީފައިނުވާ ކަމަށް އެ ޓީވީއިން ހާމަކޮށްފައިވެއެވެ. 

ގާތްގަނޑަކަށް ހަތަރު މިލިއަން މީހުން ފޮލޯކުރަމުންދިޔަ އެކައުންޓް ފޭސްބުކްއިން ޑިލީޓްކޮށްފައިވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ. މި ނިންމުން ނިންމި ސަބަބު ސެކިއުރިޓީ ސަބަބުތަކަށްޓަކައި ހާމަކުރެވެން ނެތް ކަމަށާއި އަދި ނިންމުން ބަދަލުކުރެވެން ނެތް ކަމަށް ވެސް ފޭސްބުކްއިން ބުނެފައިވާ ކަމަށް އެ ޓީވީއިން ބުނެފައިވެއެވެ. ޕްރެސް ޓީވީއިން ވަނީ ފޭސްބުކް މި ނިންމި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ފޭސްބުކްއިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު އަލްގައިދާގެ އައު ހޯމް ބޭސްއަކީ އީރާން ކަމަށް އެމެރިކާގެ ސެކްރަޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް މި ތުހުމަތުތައް ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ޕޮމްޕެއޯ ދައްކަވާފައެއް ނުވެއެވެ. ހަމައެހެންމެ އީރާނުން ވެސް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އީރާންގެ ޕްރެސް ޓީވީގެ ފޭސްބުކް ޕޭޖް ޑިލީޓްކޮށްފައިވާއިރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އެމަނިކުފާނުގެ ގިނަ އަަދަދެއްގެ ސަޕޯޓަރުންގެ އެކައުންޓްތައް ޓްވިޓައިން ޑިލީޓްވެސް ކޮށްފައިވެއެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.