ގދ. ހުޅުވާރުލުން އަތުލައިގަތް ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލަ އިސްތިއުނާފް ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ. 

އެ އޮފީހުން މިއަދު ހާމަކޮށްފައިވާ ގޮތުގައި އެ މައްސަލާގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ނުކުރާނެ ކަމަށާއި އަދި އެ ނިންމުމާއި ގުޅިގެންނާއި އެ މައްސަލާގައި އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އެ އޮފީހުން އަޅަމުން ގެންދާނެ ކަމަށެވެ. 

މަގުމަތީ އަގު ގާތްގަނޑަކަށް 260 މިލިއަން ރުފިޔާއަށް އަރާ މި 149 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތީ 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އެރަށުގައި ވަޅުލާފައި ހުއްޓައެވެ. މި މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލިއެވެ. އޭރު ޕީޖީގެ މަގާމުގައި ހުންނެނވި އައިޝަތު ބިޝާމް ދައުވާ އުފުލީ ގއ. ކޮނޑޭ / ގަހާކޯޅި، އަހްމަދު އަނިލް އާއި ގއ. ކޮނޑޭ / ރޮމޭންސް، ޝަފީޒް މުހައްމަދާއި، ގއ. ނިލަންދޫ / ދިހްޝާންވިލާ، އަލީ ޝާކިރުގެ އިތުރުން ގދ. ގައްދޫ / އެދުރުގޭ ޔާމިހް ޚާލިދުގެ އިތުރުން އަހްމަދު ޙާމިމުށެވެ. މި ފަސް މީހުންގެ މައްޗަށް ވެސް ދައުވާ އުފުލީ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. 

އޭގެތެރެއިން ހަތަރު މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކުރިއިރު ހަތަރުވަނަ މީހާގެ މައްޗަށް ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގައި ބައިވެރިވި ކަމުގެ ދައުވާއެވެ. އެ މައްސަލަ އެ ކޯޓުން ބެލެން ނެތް ކަމަށް ކަނޑައަޅައި ދައުވާތައް ވަނީ ކޯޓުން ބޭރުކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.