ކުރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތަކަށް ގައިދީއަކު ގަޑިއަށް ހާޒިރުކޮށް ނުދިނުމުން ކަރެކްޝަނަލް ސާވިސް ޖޫރިމަނާކޮށްފިއެވެ. ކަރެކްޝަނަލް ސާވިސް ޖޫރިމަނާ ކޮށްފައިވަނީ 250 ރުފިޔާއިންނެވެ. 

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އުފުލާފައިވާ މީހެއްގެ ޝަރީއަތް މިއަދު 10:00 އަށް ކުރިމިނަލް ކޯޓުގައި ތާވަލުކުރިއެވެ. ނަމަވެސް ދައުވާ ލިބޭ މީހާ އެ ގަޑިއަށް ކޯޓަށް ހާޒިރުކޮށްފައެއް ނުވެއެވެ. 

ދައުވާ ލިބޭ މީހާއަކީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ޖަލު ބަންދުގައި ހުރި މީހެކެވެ. ޝަރީއަތްތަކަށް ގައިދީން ގަޑިއަށް ހާޒިރުކުރުމަކީ ކަރެކްޝަނަލް ސާވިސްގެ ޒިންމާއެކެވެ. ދައުވާ ލިބޭ މީހާ، މިއަދު 10:00 އަށް ކޯޓަށް ހާޒިރު ކުރުމުގެ ޗިޓް ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ކަރެކްޝަނަލް ސާވިސްއަށް ފޮނުވާފައިވެއެވެ. 

ނަމަވެސް މިއަދު ހެނދުނު 10:40 ވީއިރު ވެސް އެމީހާ ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެއް ނުވެއެވެ. އެހެންވެ، ކުރިމިނަލް ކޯޓުން މިއަދު ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަރެކްޝަނަލް ސާވިސް 250 އިން ޖޫރިމަނާ ކުރުމަށެވެ. 

ދައުވާ ލިބޭ މީހާ، ޝަރީއަތް ތާވަލުކުރި ގަޑީގެ އެތައް އިރެއް ފަހުން މިއަދު ކޯޓަށް ހާޒިރުކުރިއެވެ. މައްސަލައަކީ ކުޑަކުއްޖަކަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުވާ މައްސަލައެއް ކަމުން އަޑުއެހުން ކެންސަލްނުކޮށް ތާވަލުކުރި ގަޑީގެ ފަހުން ނަމަވެސް ކުރިމިނަލް ކޯޓުން ވަނީ ޝަރީއަތް ކުރިއަށް ގެންގޮސްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.