ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭއިރު ކުށުގެ ރެކޯޑް ސާފުކުރުމަށް އަމަލުކުރާގޮތަށް ބަދަލުގެނެސްފައިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ކުރިން ކުށުގެ ރެކޯޑް ސާފުކުރުމަށް ހަމަޖެހިފައިވަނީ "ސިވިލް ސަރވިސްގެ ވަޒީފާއަށް ވަންނަން އެދޭ މީހުންގެ ކުށުގެ ރެކޯޑު ބަލާ ފޯމު"އިން ކަމުގައި ވީ ނަމަވެސް، މިހާރު އެ އުސޫލުވަނީ ބަދަލުކޮށްފައެވެ.

އެގޮތުން، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝާން (ޑީޖޭއޭ) އިން މި މަހުގެ 4 ވަނަ ދުވަހު ނެރެފައިވާ ސަރކިއުލަރ އާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުއީ ދާއިރާގެ ކުށުގެ ރެކޯޑު ސާފުކުރުމަށް ދެން ބޭނުންކުރަންވާނީ ޑީޖޭއޭ އިން އާންމުކޮށްފައިވާ ފޯމެވެ. 

އެހެންނަމަވެސް، ޝަރުއީ ދާއިރާ ފިޔަވައި އެހެނިހެން އިދާރާތަކުން ކުށުގެ ރެކޯޑު ސާފުކުރުމުގައި އަދިވެސް "ސިވިލް ސަރވިސްގެ ވަޒީފާއަށް ވަންނަން އެދޭ މީހުންގެ ކުށުގެ ރެކޯޑު ބަލާ ފޯމު" ބޭނުންކުރެވިދާނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ބުނެފައެވެ. މި ފޯމުގެ ބަދަލުގައި ކުށުގެ ރެކޯޑު ސާފުކުރަންޖެހޭ އިދާރާތަކުން ކުށެއްނެތްކަމަށް ދޫކޮށްފައިވާ ލިޔުންވެސް ހުށަހެޅިދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.