ފަނޑިޔާރުން އައްޔަންކުރުމާއި ބަދަލުކުރުމުގެ ގަވާއިދަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަދަލު ގެނެސްފިއެވެ.

ޖޭއެސްސީއިން އަންގާރަ ދުވަހު އިއުލާންކޮށްފައިވާ ގޮތުގައި، އެ ކޮމިޝަނުން ބަދަލު ގެނައުމަށް ނިންމާފައިވަނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އަދި "ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާއި އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު"އަށެވެ. 

މި ދެ ގަވާއިދަށް އެ ކޮމިޝަނުން ބަދަލު ގެނައުމަށް ނިންމާފައިވަނީ، "ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒިފުންގެ ގަވާއިދު 2011"އާ ފުށޫއެރުންތަކެއް ހުރިކަމަށް ގަބޫލުކުރެވޭތީއެވެ. އެގޮތުން، ކޯޓުތަކުގެ ފަނޑިޔާރުންނަކީ އެ ކޯޓެއްގައި މަސައްކަތްކުރާ މުވައްޒިފުންނާއި މުޞާހަރާގެ ގޮތުން، ނުވަތަ ނަޞަބުގެ ގޮތުންނާއި ނުވަތަ ކައިވެނީގެ ގޮތުން ގުޅުމެއް އޮތް ބަޔަކަށް ވެގެން ނުވާނެ ކަމަށް "ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒިފުންގެ ގަވާއިދު 2011"ގައި ބަޔާންކޮށްފައިވީ ނަމަވެސް، އިސްލާހުކުރެވުނު ދެ ގަވާއިދުގައިވެސް ކުރިން އެކަމަށް ރިއާޔަތްކުރަންޖެހޭނެކަމަށް ބަޔާންކޮށްފައެއް ނުވެއެވެ.

މި އިސްލާހުތައް ގެނައުމަށް ނިންމާފައިވަނީ 20 ޑިސެމްބަރު 2020 ގައި ބޭއްވި ޖޭއެސްސީގެ 98 ވަނަ ބައްދަލުވުމުގައެވެ. މި ދެ އިސްލާހުވެސް މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.