އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްއަށް ބޮންތި ރަތްކެޔޮ ވިއްކާނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިއުލާންކޮށްފައިވަނީ ސްކޫލްތަކުގައި ފޯރުކޮށްދޭ ހެނދުނުގެ ނާސްތާ ޕްރޮގްރާމަށް ދޮންކެޔޮ ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވެއްޖެއެވެ.

އައު އަހަރުގެ ކިޔެވުން މިހާރު ފަށާފައިވާއިރު، އަންނަ މަހު އަތޮޅު ތެރޭގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީވަނީ އިއުލާންކުރައްވާފައެވެ. ނާސްތާ ޕްރޮގްރާމްއަކީ މިނިސްޓްރީގެ އެންމެ ކާމިޔާބު އެއް ޕްރޮގްރާމެވެ. ކޮވިޑާއި ގުޅިގެން މި ޕްރޮގްރާމް ހުއްޓާލި ނަމަވެސް، ކޮވިޑް ނެތް ރަށްރަށުގައި އަންނަ މަހުގެ ތެރޭގައި ނާސްތާ ޕްރޮގްރާމް ފެށުމަށްވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން ޖަޒީރާއަށް މައުލޫމާތު ދެއްވަމުން އެގްރޯ ކުންފުނީގެ އެމްޑީ ހާރޫން ވިދާޅުވީ، ހެނދުނުގެ ނާސްތާ ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ ދޮންކެޔޮ، ބިސް އަދި ކިރު ޕެކެޓެއް ކަމަށެވެ. މީގެތެރެއިން ބިހާއި ދޮންކެޔޮ ސަޕްލައި ކޮށްދިނުމަށް ހަމަޖެހިފައިވަނީ އެގްރޯ ކުންފުނިންނެވެ.

އެގްރޯ ކުންފުންޏަށް ރަތްކެޔޮ ވިއްކުމަށް ޝައުގުވެރިވެލައްވާ ދަނޑުވެރިންނަށް މިހާރު އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، މި ފަރާތްތައް ރަޖިސްޓްރީ ވާން ޖެހޭނީ މި ހިނގާ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ކުރިންނެވެ. 

ވެންޑަރ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅުއްވަން ޖެހޭނީ އެ ކުންފުނީގެ އީމެއިލް ([email protected]) ނުވަތަ އެ ކުންފުނީގެ ހެޑް އޮފީސް (ހ. އޯކިޑް) އަށެވެ. 

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފަށާފައިވަނީ 2019 ވަނަ އަހަރު އެވެ. ކިޔަވާ ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.