މޫސުން ގޯސްވެ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާރޓް ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ދެންމެ އިއުލާންކޮށްފައިވާ ގޮތުގައި، ޔެލޯ އެލާރޓް ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން މ. އަތޮޅަށެވެ. މިއަދު މެންދުރު 12 އިން ފެށިގެން ހަވީރު 04:00 އަށް ނެރެފައިވާ ޔެލޯ އެލާރޓް އަކީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެކަމަށް ލަފާކުރެވޭތީ ނެރެފައިވާ އެލާރޓްއެކެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ގަޑިތަކުގައި، ކަނޑުދަތުރުފަތުރު ކުރާ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.
ކުރިއަށް އޮތް ސައުވީސް ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، އުތުރާއި މެދު ރާއްޖެތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ. ދެކުނުގެ ސަރަޙައްދަށް ކެރީގެ އަަސަރުކުރާނެކަމަށް ބެލެވެ އެވެ. ދެކުނާއި މެދު ރާއްޖެތެރޭގެ ސަރަހައްދުގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ އަދި ވިލާގަނޑުގައި ގަދަވާނެ، އުތުރުގައިގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވުން އެކަށީގެންވެ އެވެ.