ތ. ގުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 22 އިންސައްތަ ނިންމައިފި އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ %63 ނިމިފައިވާކަމަށެވެ. އަދި ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ %16 ވަނީ ނިމިފައިކަމަށެވެ.

ގުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 475 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 46.1 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން، 7،952 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމާއި 10،134 ކިއުބިކް މީޓަރުގެ މިހާރު ބޭނުންކުރަމުން އަންނަ ބަނދަރު ސަރަހައްދު ފުންކުރުމާއި 208 މީޓަރުގެ ސަރަޖައްދެއްގައި ބޭރުތޮށިލުން ހިމެނެއެވެ. މީގެ އިތުރުން 1875 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.