މިއަދު ސަން ސިޔާމް އޮޅުވެލި ރިސޯޓްއިން ޕޮޒިޓިވްވީ 20 މީހުންނާއެކު، ޖުމްލަ އެ ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު 24 އަށް އަރައިފިއެވެ.
ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ރިސޯޓުން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސް އެއް ފެނިފައިވަނީ 9 ޖެނުއަރީގައެވެ. އެ ދުވަހު ތިން މީހަކު ޕޮޒިޓިވްވި އިރު، އިތުރު އެއް ކޮންޓެކްޓްވެސް ވަނީ ޕޮޒިޓިވްވެފައެވެ.
މިއާއެކު އެ ރަށުން 167 ރެންޑަމް ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން 20 ސާމްޕަލްވަނީ މިއަދު ޕޮޒިޓިވްވެފައެވެ. އެޗްއީއޯސީއިން މައުލޫމާތު ދޭ ގޮތުގައި އަދި 23 ސާމްޕަލެއްގެ ނަތީޖާ ނުލިބެއެވެ.
އެ ރަށުން ޖުމްލަ 24 މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ބަލި އެ ރަށުގައި ފެތުރެން މެދުވެރިވި ސަބަބު ހޯދުމަށް އިންވެސްޓިގޭޝަންތައް ކުރިއަށް ދާކަމަށްވެސް އެޗްއީއޯސީއިން ވަނީ ބުނެފައެވެ.