އެހެން އަހަރުތަކެކޭވެސް އެއްފަދައިން، އިންފޮމޭޝަން އޮފިސަރުން ފޮނުވަންޖެހޭ އަހަރީ ރިޕޯޓް ފޮނުއްވުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އެދިއްޖެއެވެ.
ދައުލަތުގެ އެންމެހައި އިދާރާތަކާއި، ދައުލަތް ހިއްސާވާ ކުންފުނިތަކުގެ އިންފޮމޭޝަން އޮފިސަރުންނަށް އައިކޮމް އިން ފޮނުވި ސިޓީއެއްގައި ވަނީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، 2020 ވަނަ އަހަރުގެ ރިޕޯޓް ތައްޔާރުކުރައްވައި މި މަސް ނިމުމުގެ ކުރިން ފޮނުއްވަން ޖެހޭނެކަމަށެވެ.
މިއީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް، ދައުލަތުގެ ކޮންމެ އިދާރާއަކުން ކަނޑައަޅުއްވާފައިވާ އޮންފޮމޭޝަން އޮފިސަރުގެ އިސްނެންގެވުމުގެ މަތީން ތައްޔާރުކޮށް އިންފޮމޭޝަން ކޮމިޝަނަރަށް ފޮނުއްވުމަށް ގާނޫނު ލާޒިމްކުރާ ރިޕޯޓެކެވެ.
މި އަހަރުގެ ރިޕޯޓް ހުށަހެޅުމަށް، "އިންފޮމޭޝަން ކޮމިޝަނަރަށް އަހަރީ ރިޕޯޓް ހުށަހަޅާ ފޯމު" އައިކޮމްގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވުމަށްފަހު، ފޯމްގައި ހުރި އިރުޝާދުތަކާއެއްގޮތަށް ފުރިހަމަކުރުމަށްފަހު 31 ޖެނުއަރީ 2020 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ހުށަހަޅަންޖެހޭނެއެވެ.