ޅ. ނައިފަރުން މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މިއީ ޅ. ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިއަދު މެންދުރު 2:50 ހާއިރު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. 

އެގޮތުން، މާލެ އިން ނައިފަރަށް ދިޔަ ދޯންޏަކުން ބޭލި ފޮށިގަނޑެއް ހިފައިގެން ސައިކަލެއްގައި ދިޔަ ދެ މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު، ފޮށިގަނޑު ތެރެއިން މަސްތުވާތަކެތި ކަމަށް ލަފާކުރެވޭ އެއްޗެއް އަޅާފައި ހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވެއެވެ. 

މި މައްސަލައާ ގުޅިގެން ފުރަތަމަ މީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިންނެވެ. އެއީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. ދެވަނަ މީހާ ކުށުގެ ވެށިން ފިލައިގެން ދިޔުމާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިރޭ 7:34 ހާއިރުއެވެ. އޭނާގެ އުމުރަކީ 20 އަހަރެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.