ސިފައިންގެ އަސްކަރީ ތަމްރީންތަކެއް ދ. އަތޮޅުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.

ސިފައިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ތަމްރީންތައް ކުރިއަށް ގެންދާނީ މި މަހުގެ 10 ވަނަ ދުވަހުނެ ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ކަނޑިންމަ ރިސޯޓާއި އެއް ފަޅެއްގައި އޮންނަ ފަޅުރަށްތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތަމްރީންތަކެކެވެ.

މީގެއިތުރުންވެސް، އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ގޮތުގައި، މި ތަމްރީން ތަކުގައި މިރޭ 20:00 އިން ފަތިހު 04:00 އާ ދޭތެރޭގައި ޕައިރޯޓެކްނިކްސް ބޭނުންކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. 

އެމްއެންޑީއެެފްގެ ގާބިލްކަން އިތުރުކުރުމަށް ޑިފެންސް މިނިސްޓްރީން އަންނަނީ ގިނަ ތަމްރީންތަކެއް ކުރިއަށްގެންދަމުންނެވެ. އަދި އެހެން ޤައުމުތަކުގެ އަސްކަރިއްޔާތަކާއި ގުޅިގެންވެސް ގިނަ ތަމްރީންތަކެއް އަންނަނީ ކުރިއަށްގެންދަމުންނެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.