މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ދިވެހި ދެ ފިރިހެނަކު، ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލާގެ ތަހުގީގު ނިންމައި، ލ. ގަން، ތުނޑި، ނޫރަންގެ، އަބްދުﷲ ޝާންގެ މައްޗަށް ދައުވާކޮށްފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ ފިރިމީހާ، ޝާންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުށަހަޅާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. 

ޝާންގެ މައްޗަށް ޕީޖީ އުފުލާފައިވަނީ 3 ދައުވާއެކެވެ. އެއީ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ، އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ، އަދި ގައިގާ އަތްލުމުގެ ކުށުގެ ދައުވާއެވެ. 

މި މައްސަލާގައި ކުށުގެ ވެށިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ނަމަވެސް ފަހުން އެ ދެ މީހުން ވަނީ ދޫކޮށްލާފައެވެ. އެކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް ފުލުހުންނަށް އަމާޒުވިއެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށްވީ އަންހެން މީހާ މިހާރު ވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ. އޭނާ މީޑިއާއަށް ދިން އިންޓަވިއުއެއްގެ މައްސަލަ ވެސް ބޮޑުވިއެވެ. ފުލުހުން ވަނީ އެ އިންޓަވިއުގައި ވަނީ ކަން ހިނގި ގޮތަށް ނޫން ކަމަށް ބުނެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.