އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ޝިޕްމެންޓް ރާއްޖެއަށް މިއަދު ލިބިއްޖެއެވެ.

މި ވެކްސިން ޝިޕްމެންޓް ރާއްޖެއަށް ގެނައީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރީ ފައިޒާ ވެކްސިންގެ 128،700 ޑޯޒް އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިންއާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތު، އަހުމަދު ނަސީމް އެވެ.

ރާއްޖެއަށް ފައިޒާ ވެކްސިންގެ އައު ޝިޕްމެންޓެއް ލިބިފައިވާއިރު، އަންނަ ހަފްތާގައި 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒު ދޭން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން އެމެރިކާ ސަރުކާރުން ވަނީ މިހާތަނަށް ރާއްޖެއަށް 5.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން 2 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާއި ޕީ.ޕީ.އީ  އާއި ޕީސީއާރް މެޝިނާއި، ވެންޓިލޭޓަރުގެ އިތުރުން ބޭނުންވާ އެހެނިހެން މެޑިކަލް ސާމާނު އެ ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. […] އެމެރިކާއިން ހަދިޔާކުރި ވެކްސިން ޝިޕްމެންޓް ރާއްޖެއަ… […]

ކޮމެންޓް

Your email address will not be published. Required fields are marked *