މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އާ ބައްދަލުކުރެވޭނެ ގޮތް ވީހާވެސް އަވަހަށް ހަމަޖައްސައިދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ. 

ޕީޕީއެމް/ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މިއަދު ޖެންޑަރ މިނިސްޓްރީ ކުރިމަތީގައި މުޒާހަރާ ވެސް ކޮށްފައެވެ. އެ މުޒާހަރާގެ ތެރެއިން ފުލުހުން ފަސް މީހަކު ހައްޔަރުކުރިއިރު އެ މީހުން ޖެންޑަރ މިނިސްޓްރީ ކުރިމައްޗަށް އެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޖެންޑަރ މިނިސްޓަރާއި ބައްދަލުކުރުމަށް ފޮނުވި ސިޓީއަކަށް ޖަވާބު ނުލިބޭ ކަމަށް ބުނެއެވެ. 

އެ ކޯލިޝަނުން ޖެންޑަރ މިނިސްޓަރާއި ބައްދަލުކުރުމަށް އެދި ހުށަހެޅީ އެކި ފަރާތްތަކުން އެ ކޯލިޝަނަށް ލިބެމުންދާ ޝަކުވާތަކާއި، ރޭޕްއާއި ޖިންސީ
ފުރައްސާރައިގެ މައްސަލަތަކުގައި އިންސާފު ނުލިބި ލަސްވަމުންދާތީ މިކަންކަމާ
ގުޅޭގޮތުންނާއި އަދިވެސް އަންހެނުންނާ ގުޅުން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ހާމަކޮށްފައިވާ ގޮތުގައި އެ ސިޓީއާ ގުޅިގެން ޖެންޑަރ މިނިސްޓްރީއިން ވަނީ މިނިސްޓަރ އައިޝާ ރާއްޖެއިން ބޭރުގައި އުޅުއްވާތީ މަސްދުވަހެއްގެ ކުރިން ބައްދަލުކުރެވެން
ނެތް ކަމަށާއި މިނިސްޓަރ އެނބުރި ވަޑައިގެންނެވުމުން ބައްދަލުވުމާގުޅޭ ގޮތުން
ޖަވާބެއް ފޮނުވާނެ ކަމަށް ބުނެ އީމެއިލްގެ ޒަރިއްޔާއިން ޖަވާބު ދީފައެވެ. އެހެން ނަމަވެސް އެ ކޯލިޝަނުން ފޮނުވި ސިޓީއަށް ތިން މަސް ދުވަސް ވެފައިވާއިރު ބައްދަލުވުން ހަމަޖެހޭނެ ތާރީޚެއް އަދި އެކަމާގުޅޭ އެއްވެސް ޖަބާވެއް
ލިބިފައެއް ނުވާ ކަމަށް ވެސް އެ ކޯލިޝަނުން ބުނެފައިވެއެވެ. 

އެ ކޯލިޝަނުން ވަނީ މި ބައްދަލުކުރެއްވުން ވީހާ ވެސް އަވަހަށް ހަމަޖައްސައިދިނުމަށް މި ބަޔާނުގައި ގޮވާލާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.