އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްއަށް ބޮންތި ރަތްކެޔޮ ވިއްކާނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިއުލާންކޮށްފިއެވެ.
ހޯމަ ދުވަހު އެ ކުންފުނިން އިއުލާންކޮށްފައިވާ ގޮތުގައި، އެގްރޯ ކުންފުންޏަށް ރަތްކެޔޮ ވިއްކުމަށް ޝައުގުވެރިވެލައްވާ ދަނޑުވެރިންނަށް މިހާރު އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، މި ފަރާތްތައް ރަޖިސްޓްރީ ވާން ޖެހޭނީ މި ހިނގާ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ކުރިންނެވެ.
އެގޮތުން، ވެންޑަރ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅުއްވަން ޖެހޭނީ އެ ކުންފުނީގެ އީމެއިލް ([email protected]) ނުވަތަ އެ ކުންފުނީގެ ހެޑް އޮފީސް (ހ.އޯކިޑް) އަށެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ސަރުކާރު ހިއްސާވާގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ. މީގެއިތުރުންވެސް، ދުރު ރާސްތާގައި ކާބޯތަކެތީގެ ޔަގީންކަން ހޯދައި، ދަނޑުވެރިކަމުގެ ސިނާއަތުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށްވެސް އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އިން މަސައްކަތް ކުރާނެއެވެ.