މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ކުރިމަތީގައި ކުރިޔަށްދިޔަ މުޒާހަރާގެ ތެރެއިން 5 މީހަކު ހައްޔަރުކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުން އިސްނަގައިގެން ޖެންޑަރ މިނިސްޓްރީ ކުރިމަތީގައި މުޒާހަރާކުރީ، 19 އޮކްޓޯބަރުގައި ޖެންޑަރ މިނިސްޓަރ އާ ބައްދަލުކުރުމަށް އެދި ފޮނުވި ސިޓީއަކަށް ޖަވާބު ލިބުން ލަސްވުމާއި ގުޅިގެންނެވެ. މީގެއިތުރުންވެސް، ރޭޕް އާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް އިންސާފު ލިބުން ލަސްވާކަމަށްބުނެ، މި މައްސަލަތަކަށް ވީހާވެސް އަވަސް ހައްލެއް ބޭނުންވާކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ގޮވާލާފައިވެއެވެ.
މި މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވަނީ 5 އަންހެނުންނެވެ.