އާދިއްތަ ދުވަހު އެކަނިވެސް 6 މީހަކަށް އާސަންދަ ސްކީމްގެ ދަށުން އިމަރޖަންސީ އިވެކުއޭޝަން ފޯރުކޮށްދީފައިވާކަމަށް އެ ކުންފުނިން ބުނެފި އެވެ.
10 ޖަނަވަރީ 2021 ގަ އާސަންދަ ސްކީމްގެ ދަށުން އިމަރޖަންސީ އިވެކުއޭޝަން ފޯރުކޮށްދީފައިވާ ކޭސްތައް:
11:00 - ގއ. ކަނޑުހުޅުދޫ ހެލްތް ސެންޓަރުގައި އޮތް ބަލި މީހަކު، އިމަޖަންސީ ހާލަތުގައި އިތުރު ފަރުވާއަށް، ކަނޑު މަގުން ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންދެވިފަ.
13:35 - އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އޮތް ބަލި މީހަކު، އިމަޖަންސީ ހާލަތުގައި، ވައިގެ މަގުން އިތުރު ފަރުވާއަށް މާލޭގެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ވަނީ ގެނެވިފަ.
13:40 - ހއ. އަތޮޅު ހޮސްޕިޓަލުގައި އޮތް ބަލި މީހަކު، އިމަޖަންސީ ހާލަތުގައި އިތުރު ފަރުވާއަށް، ކަނޑު މަގުން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަނީ ގެންދެވިފަ.
15:49 - ގއ. އަތޮޅު ހޮސްޕިޓަލުގައި އޮތް ބަލި މީހަކު، އިމަޖަންސީ ހާލަތުގައި އިތުރު ފަރުވާއަށް، ވައިގެ މަގުން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ވަނީ ގެންދެވިފަ.
16:45 - ޑރ. އަބދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އޮތް ބަލި މީހަކު، އިމަޖަންސީ ހާލަތުގައި އިތުރު ފަރުވާއަށް، ވައިގެ މަގުން މާލޭގެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ވަނީ ގެންދެވިފަ.
20:30 - ގއ. ކޮލަމާފުށީ ޞިއްޙީ މަރުކަޒުގައި އޮތް ބަލި މީހަކު، އިމަޖަންސީ ހާލަތުގައި އިތުރު ފަރުވާއަށް، ކަނޑު މަގުން ގއ. އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންދެވިފަ.
އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެއް ތައާރަފްކޮށް، ސިއްހީ ފަރުވާއަކީ ކޮންމެ ރައްޔިތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއްގެ ގޮތުގައި، ހިލޭ ބޭސްފަރުވާކުރާ ނިޒާމް ފުރަތަމަ ތައާރަފްކުރީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ތެރޭގަ އެވެ. އެޔަށްފަހު ކޮންމެ އަހަރަކުވެސް އާސަންދަ ނިޒާމްގެ ތެރެއިން ދިވެހި ރައްޔިތުން ސިއްހަތަށް ދައުލަތުން ބޮޑު ހަރަދެއް ކުރެ އެވެ.
2021 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ވަނީ އާސަންދަ ނިޒާމް އިސްލާހްކޮށް، އިސްރާފްތައް ކުޑަކުުރުމަށް ހިމަނާފަ އެވެ. އެގޮތުން އާސަންދައިގެ އިސްރާފު ކުޑަކޮށް 300 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް ރައީސް އޮފީހުން އަންދާޒާކުރެ އެވެ. އަދި އާސަންދައިގެ ތެރޭގައި ހުރި ނުރަނގަޅު ކަންކަން މިހާރު ފާހަގަ ކުރެވިފައި ހުރި ކަމަށާއި، އާސަންދައިގެ ބަޖެޓުން 300 މިލިއަން ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރި ނަމަވެސް ރައްޔިތުންނަށް އެކަމުގައި ތަކުލީފެއް އުފުލަން ނުޖެހޭނެ ކަމަށް ސަރުކާރުން ބުންޏެވެ.